ނިއުރޭޑިއެންޓް 10 މިލިއަނަށް ގަތް ވާހަކަ މުބީން ދޮގުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބު 10 މިލިއަން ރުފިޔާއަށް ގަތް ވާހަކަ އަކީ ދޮގު ވާހަކައެއް ކަަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.

މުބީން މިހެން ވިދާޅުވެފައި ވަނީ، ކާކުކަން ނޭނގޭ ގޮތަށް ހިންގަމުންދާ އެކްސް އެކައުންޓަކުން ދޮގު ވާހަކަތަށް ފެތުރުމާއި ގުޅިގެން ޖަވިޔަނި ނޫހަށް ދިން އިންޓަވިއުއެއްގަ އެވެ.

”ނިއުރޭޑިއެންޓް އާއި އަޅުގަނޑުމެންގެ ޓީމަކުން ހާވާލުވި ހިސާބުން ފެށިގެން ނިއުރޭޑިއެންޓް އާއި ދެކޮޅު ފަރާތްތަކުން އަދި ބައެއް ސިޔާސީ ފަރާތްތަކުން އެކަމާއި ގުޅިގެން އެކި ގޮތްގޮތަސް ވާހަކަ ފަތުރަމުންދޭ.“

މުބީން ވިދާޅުވީ، ދިވެހި ރައްޔިތުންނާއި ނިއުރޭޑިއެންޓްގެ ސަޕޯޓަރުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ އެކަހަލަ އެއްވެސް މުއާމަލާތެއް ހިނގާފައި ނުވާނެކަމެވެ.

ދިވެހި ރާއްޖޭގައި ފްޓްބޯޅައިގައި އުޅުއްވާ ފަރާތްތަކަށް ކްލަބްތަކަކީ މީހުން ގޮސް ގަންނަ އެއްޗެއް ނޫންކަން ސާފުވާނެ ކަަމަށާއި، އެ ކުލަބެއްގައި ހުންނަ ދަރަންޏަކާއި އެކު މަޑުމަޑުން ކުރިޔަށް ދާ ކަމަށްވެސް މުބީން ވިދާޅުވި އެވެ.

”ނިއުރޭޑިއެންޓްއަށް ސްޕޮންސަރ އެއްޗެހި ދޭން އަޅުގަނޑުމެންނަށް ކޮމިޓްމެންޓް ދޭން ނިންމައިފައި ތިބި މީހުންގެ އެހީތެރިކަމާއި އެކު ފައިސާ ހޯދައިގެން ކުރިޔަށް ދެވޭތޯ މި މަސައްކަތް ކުރަނީ.“

މުބީން އިތުރަށް ވިދާޅުވީ، އެ ވާހަކަތަކަކީ ނިއުރޭޑިއެންޓްގެ އަގު ވައްޓާލުމަށް ދައްކަމުންދާ ވާހަކަ ތަކެއް ކަަމަށެވެ.

ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ