”ވިލުންތެރި 20“ ފޮޓޯ މައުރަޒު ނައިބްރައީސް ހުޅުވައިދެއްވައިފި

Advertisement

އެންމެ ފަސް

Advertisement

2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް ދައްކުވައިދޭ ”ވިލުންތެރި 20“ މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ހުޅުވައިދެއްވައިފި އެވެ.

މި މައުރަޒަކީ އެންޑީއެމްއޭއިން އިސްނަގައިގެން ކުރިއަށްގެންދާ މައުރަޒެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ސުނާމީ ކާރިސާގައި ރާއްޖޭގެ ބޮޑު އާބާދީއަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު ކަމަށެވެ. އަދި ޤައުމުގެ ތަރައްޤީ އެތައް އަހަރެއް ފަހަތައް ޖައްސާލާވަރުގެ ބޮޑެތި ގެއްލުންތަކެއް ސުނާމީ ކާރިސާގައި ލިބުނު ކަަމަށެވެ.

މި ދުވަސް ފާހަގަކުރަނީ 26 ޑިސެންބަރު 2004ވަނަ ދުވަހު ރާއްޖެ ކުރިމަތިލާންޖެހުނު ސުނާމީ ކާރިސާއިން އަރައިގަތުމަށް ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ އަގުވަޒަންކޮށް، ހަނދާކުރުމުގެ ގޮތުންނެވެ.

26 ޑިސެންބަރު 2004 ވަނަ ދުވަހު 82 ދިވެއްސަކު ދުނިޔެ ދޫކުރިއެވެ. ވީނުވީއެއް ނޭނގި 26 މީހަކު ގެއްލުނެވެ. 1،300 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ. 21،000 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ސުނާމީ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ