ނެޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ އެކްސް އެކައުންޓް ހެކް ކޮށްފި އެވެ.
އެންސީއައިޓީގެ އެކްސް އެކައުންޓް ހެކް ކުރި ބަޔަކު ވަނީ އެ އެކައުންޓް ނަންވެސް ބަދަލުކޮށްފަ އެވެ. ނަމަވެސް ޔޫޒާނޭމް އަދިވެސް އިންނަނީ އެންސީއައިޓީގެ ނަމުގަ އެވެ.
އެންސީއައިޓީއިން ބުނީ އެކައުންޓް ރިކަވަރ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ކުރިން އެންސީއައިޓީން ކޮށްފައިވާ ޕޯސްޓްތައްވެސް އެ އެކައުންޓްގައި ފެންނަން އެބަ ހުއްޓެވެ. މި އެކައުންޓް ހެކްކޮށްފައި ވަނީ ބިޓްކޮއިންގެ މުއާމަލާތް ކުރާ ބައެއްކަމަށް ބެލެވެ އެވެ.
އެންސީއައިޓީ އަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާ އެކެވެ. އަދި ދައުލަތުގެ އިދާރާތަކުގެ ތެރެއިން ޓެކްނޮލަޖީއާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއްކުރާ ދައުލަތުގެ އިދާރާ އެވެ.