މިއަހަރު ގިނަ ރިކޯޑުތަކެއް ހެދިއްޖެ، އަމާޒަކީ 15 އިންސައްތަ ކުރިއަށް ޖައްސާލުން: މިނިސްޓަރު ފައިސަލް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިއަހަރަކީ ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ ރެކޯޑުތަކެއް ހެދުނު އަހަރެއް ކަމަށާއި އަންނަ އަހަރުގެ އަމާޒަކީ ފަތުރުވެރިކަން 15 އިންސައްތައަށް ވުރެ އިތުރު ކުރުންކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ ރާއްޖެއަށް ޒިޔާރަތް ކުރި 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބޭއްވި ހަރަކާތަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ އަމާޒަކީ މި އަހަރަށް ވުރެ 15 އިންސައްތަ އިތުރު ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށެވެ.

ރާއްޖޭގެ ތާރީހުގައި ގިނަ ރެކޯޑުތަކެއް މި އަހަރު ވަނީ ހާސިލްވެފަ. އެންމެ ގިނަ ފަތުރުވެރިން އައީ މި އަހަރުގެ ފެބްރުއަރީ މަހު. އެއީ، ދެ ލައްކަ ސަތާރަ ހާސް ފަތުރުވެރިން. މިއީ މިހާ ގިނަ ފަތުރުވެރިން އެއް މަހެއްގެ ތެރޭގައި އައި ފުރަތަމަ ފަހަރު. އަދި އެންމެ އަވަހަށް އެއް މިލިއަން ފަތުރުވެރިން ހަމަކުރެވުނީ ވެސް މި އަހަރު.

މިނިސްޓަރު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ހާސިލު ކުރެވުނު ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ. އަދި މި ކާމިޔާބު ހޯދުމުގައި މިނިސްޓްރީގެ މުވައްޒަފުންނާއި އެމްއެމްޕީއާރްސީގެ މުވައްޒަފުންނާއި ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި މަސައްކަތް ކުރާ އެންމެން ކުރި ބުރަ މަސައްކަތަށް މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

މިއީ ރާއްޖެއަށް މުޅިން އަލަށް އަހަރެއްގެ ތެރޭގައި 2 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތް ކުރި ފުރަތަމަ ފަހަރެވެ.

2 މިލިއަން ވަނަ ފަތުރުވެރިޔާއަކީ އޮސްޓްރިއާއަށް ނިސްބަތްވާ އަންހެނެކެވެ. މި އަންހެން މީހާ ރާއްޖެއަށް އައިސްފައިވަނީ އޭނާގެ އާއިލާއާއެކު ރެފްލްސް މޯލްޑިވްސް މެރަދޫ ރިޒޯޓުގައި ޗުއްތީ ހޭދަކޮށްލުމަށެވެ. މިއީ އެ އަންހެން މީހާ ރާއްޖެއަށް ޒިޔާރަތް ކުރި 3 ވަނަ ފަހަރުކަން ފާހަގަކޮށްލެވެ އެވެ.

ސަރުކާރުން ވަނީ 2 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތްތަކުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ އެމްޑީ ޝިއުރީ އިބްރާހިމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރާއްޖެއަށް މިއަހަރުގެ ތެރޭގައި 2 މިލިއަން ފަތުރުވެރިން ގެނައުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މިއަދު އެކަން ހާސިލް ވެގެން ދިޔަ އިރު މިއީ ރާއްޖޭގެ ތާރީހުގައިވެސް 2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރި ފުރަތަމަ އަހަރުކަން ފާހަގަކޮށްލަން ޖެހެ އެވެ. ސަރުކާރުގެ އަންނަ އަހަރުގެ އަމާޒަކީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުންކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާޙިމް ފައިސަލް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި އުންމީދަކީ 2.2 މިލިއަން ފަތުރުވެރިންނަށް ވުރެވެސް އިތުރަށް ރާއްޖެއަށް ފަތުރުވެރިން ގެނައުންކަމަށްވެސް ފައިސަލް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރީގެ ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިނިސްޓްރީ އޮފް ޓޫރިޒަމް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ފަތުރުވެރިކަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ