ރާއްޖެ ސަރަހައްދުން މަސްތުވާތަކެއްޗާއެކު އަތުލައިގަތް ލަންކާގެ ބޯޓުން ހިފެހެއްޓި މީހުންގެ ބަންދު މުއްދަތު އިތުރު ކޮށްފި އެވެ.
ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖެ ސަރަހައްދުން އަތުލައިގަތް ލަންކާ ބޯޓުން 468.7 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ދިނީ 30 ދުވަހެވެ. އެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވާތީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓުން ހާޒިރުކުރުމުން ވަނީ އިތުރު 30 ދުވަހަށް ބަންދުގައި ބޭތިއްބުމަށް އަމުރު ކޮށްފަ އެވެ.
ލަންކާ ބޯޓުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާއަށްވުރެ މަތި ކަމަށް މައުލޫމާތު ދީފައިވެ އެވެ. އަތުލައިގަތް މަސްތުވާތަކެތީގެ ތެެރޭގައި 344 ކިލޯގެ މެތް، 124.6 ކިލޯގެ ކޮކެއިން ހިމެނެ އެވެ.