ރާއްޖެއަކީ ގުދުރަތީ ކާރިސާތަކަށް ވިލުންތެރި ގައުމަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައި ވަނީ، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާންތައް ދައްކުވައިދޭ ”ވިލުންތެރި 20“ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ، ސުނާމީ ކާރިސާގައި ރާއްޖޭގެ ބޮޑު އާބާދީއަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު ކަމަށާއި، ގައުމުގެ ތަރައްގީ އެތައް އަހަރެއް ފަހަތައް ޖައްސާލާވަރުގެ ބޮޑެތި ގެއްލުންތަކެއް ސުނާމީ ކާރިސާގައި ލިބުނު ކަަމަށެވެ.
ސުނާމީފަދަ ގުދުރަތީ ކާރިސާތަކަށް ވިލުންތެރި ޤައުމަކަށް ރާއްޖެ ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމަށާއި، ދިވެހިރާއްޖޭގެ ކާރިސީ ހިރާސް ކުޑަކުރުމުގެ އިސްތިރާޖީ ޕްލޭން ރައީސުލްޖުމްހޫރިއްޔާ މިހާރު ފާސްކުރައްވާފައިވާ ކަމަށެވެ.
މި މައުރަޒަކީ އެންޑީއެމްއޭއިން އިސްނަގައިގެން ކުރިއަށްގެންދިޔަ މައުރަޒެކެވެ.
މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވީ، މީގެ 20 އަހަރުކުރިން ރާއްޖެއަށް އެރި ސުނާމީއިން ލިބުނު ގެއްލުންތަކުން އަރައިގަނެވުނީ އެދުވަހު ދިވެހިން އެއްބައިވަންތަ ނަމޫނާ މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް ސުނާމީ