އިހަވަންދޫގެ އަލަށް ހުޅުވި ކުޑަކުދިންގެ ޕާކް؛ ރީތިވެފައި ފުރިހަމަ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހއ. އިހަވަންދޫގެ ކުޑަކުދިންގެ ޕާކު އަލުން ތަރައްޤީކޮށް ނިންމާލައިފި އެވެ.

މި ޕާކަކީ ކުޑަކުދިންނަށް އުފާވެރިކަމާއެކު ވަގުތު ހޭދަކުރެވޭނެ ރީތި ފުރިހަމަ ޕާކެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ ތަނެކެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު ޖަވިޔަނި ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ޕާކަކީ ކައުންސިލުން އަލުން ތަރައްޤީކޮށްފައިވާ ޕާކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޕާކުގައި އައު ޕާކު ސެޓުތަކާއި، މިނީ ފުޓްސަލް ދަނޑެއް އަދި ރީތި މަސް ފެންގަނޑެއް ހިމެނެ އެވެ. މީގެ އިތުރުން ތަފާތު ކުޅޭ ތަކެތިވެސް ޕާކުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މި ޕާކުގައި ޒަމާނީ ޚިދުމަތްތައް ލިބޭނެ ކެފޭއެއްވެސް ހުންނާނެ އެވެ. އަދި ޕާކު ބަލަހައްޓާނީ ކެފޭ ހިންގާ ފަރާތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ޕާކު ތަރައްޤީ ކުރުމަށް 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ކައުންސިލްގެ ރައީސް ހާމަކުރެއްވި އެވެ. އަދި މި ޕާކަކީ ކުޑަކުދިންނަށް އުފާވެރިކަމާއެކު ވަގުތު ހޭދަކުރެވޭނެ ތަނަކަށް ވެގެންދާނެ ކަމަށް އޭނާ އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

މި ޕާކު ރަސްމީކޮށް ހުޅުވާފައި ވަނީ މި މަހުގެ 19 ވަނަ ދުވަހުގަ އެވެ. މި ޕާކު ހުޅުވުމާއެކު، ރަށުގެ ކުޑަކުދިން އުފަލުން ފޮޅެމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ރަށުގެ ރައްޔިތުން ބުނެ އެވެ.

ހއ. އިހަވަންދޫ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިިމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ