ހަވާ އެރުވުން ފިޔަވައި އާ އަހަރުގައި ކަމެއް ކުރާކަމެއް ނޭންގޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

މި ފެށޭ މީލާދީ އާ އަހަރު ފާހަގަކުރުމަށް މާލޭ ސަރަހައްދުގައި ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތަކާ ގުޅޭ ތަފްސީލްތައް ހާމަކުރަން ކަމާއި ގުޅުން ހުރި އިދާރާތަކުން ދެކޮޅު ހަދައިފި އެވެ.

އާންމުކޮށް އައު އަހަރު ފާހަގަކުރުމަށް ކުލަ ގަދަ ހަރަކާތްތައް ބާއްވަ އެވެ. އަދި ހަރަކާތްތަކުގެ މައުލޫމާތުތައް ކުރީ ބައިގަ އާންމުވެސް ކުރެ އެވެ. މޫސުން ގޯސްވެގެންކަމަށް ބުނެ މިދިޔަ އަހަރުގެ ހަރަކާތްތައް ކެންސަލްކުރިއިރު، މި އަހަރު ހަރަކާތްތަކެއް ބާއްވާނެކަމެއް އަދި ނޫންކަމެއްވެސް ސަރުކާރުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

އައު އަހަރުގެ ހަރަކާތްތަކުގެ މައުލޫމާތުތައް ހޯދުމަށް ޔޫތު މިނިސްޓްރީއަށް ގުޅާލުމުން އެ މިނިސްޓްރީން ބުނީ މި އަހަރުގެ އައު އަހަރު ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދަނީ އެ މިނިސްޓްރީން ނޫންކަމަށާއި، އެ ހަރަކާތްތައް ކުރިއަށްގެންދާނީ އެމްއެމްޕީއާރުސީގެ ދަށުން ކަމަށެވެ. ނަމަވެސް އެމްއެމްޕީއާރުސީއަށް ގުޅާލުމުންވެސް އެ ހަރަކާތްތަކުގެ މައުލޫމާތު ދިނުމަށް ދެކޮޅު ހަދައި، އެމްއެމްޕީއާރުސީގެ އޮފިޝަލް ވިދާޅުވީ އެ މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށެވެ.

މިހާތަނަށް ހަމައެކަނި އިންގެނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަވަ އަރުވާކަން އެނަޏެވެ. އެމްއެންޑީއެފުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މިރޭ 6 މިނެޓަށް ހަވާ އަރުވާނެ ކަމަށެވެ. މިއީ އާ އަހަރުގެ ފެށޭ ރޭ ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން ސިފްކޯއިން ކުރިއަށްގެންދާ ފަރިތަކުރުންތަކެއް ކަަމަށެވެ.

އެހެންކަމުން، މިރޭ 8 ހާއިރު، ހުޅުމާލެ ފޭސް 3 ސަރަހައްދުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ. އެގޮތުން، މި ފަރިތަކުރުންތަކުގައި، 2 މިނެޓްގެ ތިން ޝޯވްއެއް ކުރިއަށް ގެންދާނެ ކަމަށްވެސް އެމްއެންޑީއެފްގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެމްއެންޑީއެފް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ