އެމްއެމްޕީއާރްސީ ހިޔާނާތް: އާޒިމަށް ކުރި ދައުވާތައް ކުރިއަށްގެންދަން ހުކުމް ކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އޭސީސީގެ ކުރީގެ އިންވެސްޓިގޭޝަން އޮފިސަރު އަބްދުﷲ އާޒިމްގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ހައިކޯޓުން ހުކުމް ކޮށްފި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި އާޒިމްގެ މައްޗަށް ދައުވާކުރީ، އެމްޕީއެލްއާއި އެމްއެމްޕީއާރްސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާގުޅޭ ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގުކުރުމުގައި މިތަހުގީގުގައި ޝާމިލުވާ ފަރާތްތަކަށް، މިތަހުގީގު ކުރިއަށް ދާގޮތް ބުނެދިނުމާއި އޭސީސީގެ ސިއްރު މައުލޫމާތު ހިއްސާ ކުރުމާއި ތަހުގީގު ވަކި ކޮޅަކަށް އަނބުރާލުމުގެ ބަދަލެއްގެ ގޮތުން އެސްއޯއެފްގެ އެކައުންޓުން ދެފަހަރެއްގެ މަތިން ޖުމުލަ 100،000 ޑޮލަރު ނަގާފައިވާތީ އެވެ.

މި މައްސަލައިގައި އާޒިމްގެ މައްޗަށް ރިޝްވަތު ހިފުމުގެ ކުށުގެ 2 ދައުވާއާއި މަނީ ލޯންޑްރިން ކުށުގެ 2 ދައުވާ 6 ޑިސެމްބަރު 2020 ވަނަ ދުވަހު އުފުލާފައިވެ އެވެ. މި ދައުވާތަކާއި ގުޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތުގައި އާޒިމްގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުން ވަނީ ދައުވާތައް ބަލައިނުގަތުމަށް ހުށަހަޅާފަ އެވެ. އެގޮތަށް ހުށަހެޅީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ، ދައުވާއެއް އުފުލުމަށްޓަކައި ފުރިހަމަވާންޖެހޭނެކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ކަނޑައަޅާފައިވާ އިލްތިޒާމްތައް ފުރިހަމަކުރުމެއްނެތި އުފުލާފައިވާ ދައުވާ ތަކެއް ކަމަށް ބުނެ އެވެ. މިކަމުގައި ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އާޒިމް ހުށަހެޅިގޮތަށް މިދައުވާތައް ޝަރީއަތުން ބެލޭނެ ތަނެއް ނެތް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ މި ނިންމުން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ހައިކޯޓުން ހުކުމް ކޮށްފައިވަނީ އިއްޔެ އެވެ. ހައިކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކޮށްފައިވަނީ، ދައުވާތައް ބޭރުކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް މި މައްސަލައިގައި އާޒިމްގެ މައްޗަށް އުފުލާފައިވާ 4 ދައުވާގެ ޝަރީއަތް ކުރިއަށް ގެންދިއުމަށެވެ.

ހައި ކޯޓު އެމްއެމްޕީއާރްސީ ހިޔާނާތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ