ކީރިތި ގުރުއާން ހިތުދަސްކުރާ ހާފިޒުންގެ ދަސްވެނިވުމުގެ ހަފްލާ ކޮންމެ އަހަރެއްގެ ރޯދަ މަހުގެ 27 ވިލޭރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ، އިސްލަމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، މި ހަފްލާގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި އަންނަ ރަމަޟާން މަހުގެ 27 ވިލޭރޭ ކަމަށެވެ.
”ޤުރުއާން ހިތު ދަސްކުރާ ފަރާތްތައް ދަސްވެނިވުމަށް ކޮންމެ އަހަރަކު ޚާއްޞަ ޙަފްލާއެއް ބާއްވަން ވަނީ ނިންމާފަ. މި ޙަފްލާ އޮންނާނީ ކޮންމެ އަހަރެެއްގެ ރަމަޟާން މަހުގެ 27 ވިލޭރޭ. ދަސްވެނިންނަށް ޚާއްޞަ ގައުނެއް ވެސް ތައްޔާރުކުރެވޭނެ.“
އެގޮތުން، މި ޙަފްލާގައި ޤުރުއާން ހިތުދަސްކޮށް ނިންމި ފަރާތްތަކަށް ހަނދާނީ ލިޔުމާއި އެހެނިހެން އިނާމުތައް ދެވޭނެ އެވެ. މިއަހަރުން ފެށިގެން ކުރިންވެސް އޮތް ގޮތަށް ދަރަޖަ ތަފާތު ކުރުމެއް ނެތި ހުރިހާ ހާފިޒުންނަށް ”ރައީސުލްޖުމްހޫރިއްޔާގެ މެޑަލް“ ދެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފަ އެވެ.
މި ނިންމުމުގެ މައިގަނޑު މަގްސަދަކީ ކީރިތި ގުރުއާން އުނގެނުމަށާއި، ހިތު ދަސްކުރުމަށް ބާރު އެޅުއްވުމެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް