ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި ދައުވާކުރުމާ މެދު މަޝްވަރާ ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ގެދޮރުވެރިޔާ ސްކީމްގެ މައްސަލައިގައި ދައުވާކުރުމާ މެދު މަޝްވަރާކުރަން ފަށާފައިވާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައި އެވެ.

އޭސީސީ އިން މިހެން ބުނެފައި ވަނީ އެ ކޮމެޝަނުން ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ތަހުގީގު ކުރަމުން އަންނަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް މި މައްސަލައިގައި ދައުވާކޮށްދިނުމާއި މެދު ގޮތެއް ނިންމުމަށް ޕްރޮސިކިއުޓާ ޖެންރަލްގެ އޮފީހާއި އެކު ރަސްމީކޮށް އެ ކޮމިޝަނުން ޑިއުޓީ ޕްރޮސިކިއުޝަން ފަށާފައިވާ ކަމަށެވެ.

އާންމު މަސްލަހަތު ބޮޑު މި މައްސަލައިގެ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ނިންމައި، ދައުވާކުރެވޭނެ ފަރާތްތަކުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދެން، ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުންވީ އެންމެ އަވަހަކަށް ކުރަމުން ގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތިތަކެއް ދިނުމުގައި އެޗްޑީސީން ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ތުހުމަތު ކުރެވިގެން އެޗްޑީސީ ބޯޑުގެ 10 މެންބަރުން ސަސްޕެންޑްކޮށް ފުލުހުން ޖިނާއީ ތަހުގީގެއް ފެށިއެވެ.

އެހެންނަމަވެސް، މިހާރު ވަނީ އެޗްޑީސީ ބޯޑުގެ 10 މެންބަރުން ސަސްޕެންޑް ކުރި ކުރުން ނިމުމަކަށް ގެނެސްފަ އެެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެދޮރުވެރިޔާ ސްކީމް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ