ސުނާމީ ކާރިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ދުވަހަކުވެސް ފަނޑުވެގެން ނުދާނެ: މަޖިލިސް ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސުނާމީ ކާރިސާގައި ދިވެހީން ދެއްކި އެއްބައިވަންތަކަމަކީ މިގައުމު ދެމިއޮތްހާ ދުވަހަކު ފަނޑުވެގެންދާނޭ ކަމެއްނޫންކަމަށް ރައްޔިރުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ރާއްޖޭގައި މިއަދު ފާހަގަ ކުރަމުންދާ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މަޖިލިސް ރައީސް ވިދާޅުވީ ސުނާމީ ކާރިސާގައި ދިވެހީން ދެއްކި ހިތްވަރާއި ދެއްކި އެއްބައިވަންތަ ކަމުގެ ނަމޫނާއަކީ މިގައުމު ދެމިއޮތްހާ ދުވަހަކު ފަނޑުވެގެންދާނޭ ކަމެއްނޫން ކަމަށެވެ.

މީގެ 20 އަހަރުކުރީން 2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ދިވެހީންނާއި ކުރިމަތިވި ނުރައްކާތެރި ސުނާމީގެ ހާލަތުގައި، ކުއްލިއަކަށް ދިރިއުޅުންގެއްލި، ގެދޮރުގެއްލި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް ދިވެހީން ދެއްކި ހިތްވަރާއި އެދެއްކެވި އެއްބައިވަންތަ ކަމުގެ ނަމޫނާއަކީ މިޤައުމު ދެމިއޮތްހާ ދުވަހަކު ފަނޑުވެގެންދާނޭ ކަމެއްނޫނެވެ.

މީގެ އިތުރުން މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ހުރިހާ ރައްޔިތުންނަށް އަރިސް ކުރައްވަފަ އެވެ.

އަބްދުއްރަހީމްގެ މި ޕޯސްޓުގައި ސުނާމީ ކާރިސާގައި ދުނިޔެ ދޫކުރެއްވި އެންމެހާ ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުމަށް އެދި ދުޢާކުރެއްވިއެވެ. އަދި ދިވެހިންނަކީ އަބަދުވެސް އެކުވެރި، އެއްބައިވަންތަ، އެއްދީނެއްގައި ތިބި، އަދި ޤައުމު ކުރިއެރުވުމަށް މަސައްކަތްކުރާ ބަޔަކަށް ހެއްދެވުމަށްވެސް އެދިވަޑައިގަތެވެ.

ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ފާހަގަ ކުރަނީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގަ އެވެ. މި ދުވަސް ފާހަގަ ކުރަނީ ސުނާމީ ކާރިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަމުން ނަމޫނާ ލިބިގަނެ އެދުވަހުގެ ހަނދާންތައް އާ ކުރުމަށެވެ. އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަން ސަރުކާރުން ނިންމީ ޖެނުއަރީ 16، 2005 ގަ އެވެ. އެންމެ ފުރަތަމަ އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކޮށްފައި ވަނީ 2005 ވަނަ އަހަރު އެވެ. މިއީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރާ 19 ވަނަ އަހަރެވެ.

އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެއްބައިވަންތަކަމުގެ ދުވަސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ