މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވެ ތިބުން: މިނިސްޓަރ ނާޒިމް

Advertisement

Advertisement

އެންމެ ފަސް

Advertisement

މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ބަލިވުމުގެ ކުރިން ބަލިތަކުން ރައްކާތެރިވެ ތިބުމުގެ ސިޔާސަތު ކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ، މިއަދު މޯލްޑިވްސް އިންޓަރގްރޭޓެޑް ހެލްތް އިންފޯރމޭޝަން ސިސްޓަމް ޕޯޓަލް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ މިކަން ތަންފީޒު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިސްނެންގެވުމެއްގެ ދަށުން ހެލްތް މިނިސްޓްރީން ތަންފީޒު ކުރަމުންދާ އެންމެ މުހިންމު އެއް ޕްރޮގުރާމަކީ ޕްރައިމަރީ ހެލްތް ކެއާ ނިޒާމު ވަރުގަދަ ކުރުމުގެ މަސައްކަތް ކަަމަށެވެ.

”އެ މަސައްކަތް އަތޮޅުތެރޭގައި ރޯލްއައުޓް ކުރަމުންދާ މިންވަރަކުން އެ މަސައްކަތުގެ ތެރެއިން އެއްކުރާ މައުލޫމާތު ތަށްވެސް މި ނިޒާމުގެ ތެރެއައް އެޅެމުންދާ ވާހަކަވެސް ދަންނަވަނ،ް އޭގެ މާނައަކީ މި ހުރިހާ މަސައްކަތާއި އެކު އިރާދަކުރެއްވިއްޔާ ބާރް ސްޕީޑުގައި އަޅުގަނޑުމެންނަށް މި މަސައްކަތް ކުރިޔަށް ގެންދެވޭނެ.“

ސަރުކާރުގެ ސިޔާސަތަކީ މިކަމުގެ ސަބަބުން ޕަބްލިކް ހެލްތުގެ ނިޒާމު ވަރުގަދަވެގެން ދިއުމަށް އެތަށް މަގުތަކެއް ފަހިވެގެން ދިއުން ކަަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ، މިކަން ރަނގަޅަށް ތަންފީޒު ވެގެން ދިއުމުން މި ނިޒާމަށް ވަރަށް މުހިންމު ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ