ޒަކާތު ފަންޑަަށް މި އަހަރު 98 މިލިއަން ރުފިޔާ ލިބިއްޖެ

Advertisement

އެންމެ ފަސް

Advertisement

ޒަކާތު ފަންޑަަށް މި އަހަރު 98 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއީ، ފަހުގެ ތާރީހުގައި އެ ފަންޑަށް އެންމެ ގިނައިން ފައިސާ ލިބުނު އަހަރު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެ މިނިސްޓްރީގެ އަމާޒަކީ މަދުވެގެން 100 މިލިއަން ރުފިޔާ އަށް އެ ފަންޑު މަތިކުރުން ކަމަށާއި، ޝަރުއީ އަސާސްގެ އަލީގައި ޒަކާތުގެ ހައްގުވެރިންނަށް ފުޅާ ދާއިރާއެއްގައި އެހީތެރިވާނެ ކަމަށެވެ.

މި އަހަރުގެ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާ ފެށުމަށް މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ޒަކާތުގެ ގޮތުގައި ކުރިން ލިބެމުން ދިޔައީ 14 މިލިއަން ރުފިޔާ ކަމަށެވެ. އާއްމުން ހޭލުންތެރިކުރުވަން ފެށުމުގެ ނަތީޖާއެއްގެ އެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށެވެ.

ޒަކާތާ ގުޅޭ ކަންކަން މިހާތަނަށް ކުރަމުން ދިޔައީ އިސްލާމިކް މިނިސްޓްރީގެ ވަކި ޑިޕާޓްމަންޓެއްގެ ދަށުންނެވެ. އެކަމަށް ހާއްސަ ވަކި އިދާރާއެއް އުފެއްދީ ޑިސެމްބަރު 18، 2023 ގަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މޯލްޑިވްސް ޒަކާތު ހައުސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ