ޖިހާދުގެ މައްސަލަ އެންމެފަހުން ބަލައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ބަދަލުކޮށް އެންމެފަހުން އެ މައްސަލަ ބަލައިގަތުމަށް ނިންމައިފި އެވެ.

ޖިހާދުގެ މައްސަލަ ޕީޖީގެ ފަރާތުން ފުރަތަމަ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ އަނބުރާ ފޮނުވާލީ ޖިހާދުގެ އެޑްރެސްއަށް ޗިޓު ފޮނުވި ނަމަވެސް އޭނާއަށް ޗިޓު ރައްދު ނުކުރެވޭތީ އަލުން ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އެވެ. ފަހުން ޕީޖީން މައްސަލަ ހައިކޯޓަށް ހުށަހެޅީ މި 15 ދުވަސް ހަމަވިތާ ދެ ދުވަސް ފަހުންނެވެ. އެހެންކަމުން ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

ހައިކޯޓުގެ ރަޖިސްޓްރާގެ މި ނިންމުން މުރާޖައާ ކުރުމަށް ޕީޖީން ހުށަހެޅުމުން ހައިކޯޓުން ނިންމާފައިވަނީ، ރަޖިސްޓްރާގެ ނިންމުން ބާތިލުކުރާނެ ތަނެއް ނެތްކަމަށެވެ.

އެހެންނަމަވެސް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން މިދިޔަ ބްރާސްފަތި ދުވަހު ނިންމާފައިވަނީ މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަދޭން ފެންނަ ކަމަށެވެ. އެގޮތަށް ނިންމީ ހައިކޯޓުން ކަނޑައަޅާފައިވާ 15 ދުވަހުގެ މުއްދަތުގެ ތެރޭގައި އަލުން ހުށަހެޅިފައިނުވަނީ އަމިއްލަ ބާރުނުފޯރާ ފަދަ ސަބަބެއް މެދުވެރިވެގެން ކަމަށް ދައުލަތުން ބުނާތީ އެވެ. ދައުލަތުން ބުނެފައިވަނީ އެ މުއްދަތުގެ ތެރޭގައި ޖިހާދުގެ މައްސަލަ ހުށަނޭޅުނީ ޖިހާދު ކޯޓަށް ހާޒިރުކުރުމުގެ އިންތިޒާމު ހަމަޖެއްސިފައިނުވުމުން ކަމަށާއި އެ މުއްދަތުގެ ތެރޭގައި ޖިހާދު ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށެވެ. އަދި ޖިހާދު އެނބުރި ރާއްޖެ އައިކަން އެނގުމާއެކު 24 ގަޑިއިރު ނުވަނީސް މައްސަލަ އަލުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޖިހާދުގެ މައްޗަށް 2020 ވަނަ އަހަރު ދައުވާ އުފުލާފައިވަނީ ފުށިދިއްގަރު ފަޅު ސްޕެޝަލް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލައިގަ އެވެ. މި މައްސަލައިގައި ޖިހާދުގެ މައްޗަށް އުފުލާފައިވަނީ، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް ޢަމަލު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުން ޖިހާދުގެ މައްސަލަ ބޭރުކޮށްލާފައިވަނީ ޖުލައި 25 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ޖިހާދަށް ދައުވާކުރުމަށް ފޮނުވުމަށްފަހު އޭރު ޕީޖީ އޮފީހުން ބުނެފައިވަނީ، ޖިހާދުގެ އަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 604،713،750 އެމެރިކާ ޑޮލަރު އުނިވެފައިވާ ކަމަށެވެ.

ހައި ކޯޓު ކްރިމިނަލް ކޯޓު ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ