ކަސްޓަމްސްއިން ހިފެހެއްޓި މިޔަރާއި މަޑިމަސް ނައްތާލައިފި

Advertisement

އެންމެ ފަސް

Advertisement

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައިވާ 582 ކިލޯގެ މިޔަރާއި މަޑިމަސް ނައްތާލައިފި އެވެ.

މި މަޢުލޫމާތު ހާމަކޮށްފައިވަނީ ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

ކަސްޓަމްސްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މި ތަކެއްޗަކީ ގާނޫނު ނަންބަރު 2022/13 (ނެތިދިއުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ޤާނޫނު) ގެ ދަށުން ރާއްޖެއިން ބޭރުކުރުން މަނާ ތަކެއްޗެވެ. މި ތަކެތި ފާހަގަކުރެވިފައިވަނީ ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރެވުނު ބަލައި ފާސްކުރުމެއްގެ ތެރޭގަ އެވެ.

ކަސްޓަމްސްއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ހިފެހެއްޓުނު މިޔަރާއި މަޑިމަސް ނައްތާލާފައިވަނީ 22 ޑިސެމްބަރ 2024 ވަނަ ދުވަހު ކ. ތިލަފުށީގެ ކުނި ނައްތާލާ ސަރަޙައްދުގަ އެވެ.

މިޔަރާއި މަޑީގެ ބާވަތްތަކަކީ ޤަވާއިދު ނަންބަރު 2020/R-75 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާންމު ޤަވާޢިދު) ގެ 7 ވަނަ ބާބުގެ 17 ވަނަ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުން ދިވެހިރާއްޖެއިން ބޭރުކުރުން މަނާ ތަކެތި ކަމަށް ކަސްޓަމްސްއިން ފާހަގަކޮށްފައިވެ އެވެ.

ކަސްޓަމްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ