މި ފެށޭ އާ އަހަރާއި ދިމާކޮށް މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރި އިތުރުވާނެ ކަމަށް ބެލެވޭތީ ހާއްސަ އޮޕަރޭޝަންތަކެއް ފުލުހުން ފަށައިފި އެވެ.
ޑްރަގް އެންފޯސްމަންޓާއި ހުޅުމާލޭ ޕޮލިސް އާއި މެރިން ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސޮޓޭޝަންތައްް ގުޅިގެން މި ހާއްސަ އޮފްރޭޝަނަ ފަށާފައި ވަނީ އިއްޔެ އެވެ.
މި އޮޕަރޭޝަނުގެ ދަށުން ހުޅުމާލެ ފަޅުތެރެ ޕެޓްރޯލް ކޮށްފައިވެ އެވެ. އަދި ރަށުތެރެއަށް ބަނގުރާ އަރުވައި، ބަނގުރާ ވިއްކާ ކަމަށް ޝައްކު ކުރެވޭ ކެފޭ، ރެސްޓޯރެންޓްތައް މޮނިޓާކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އިތުރަށް ބުނެފައި ވަނީ، ގާނޫނާއި ގަވާއިދާ ހިލާފުވަމުންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އާ އަހަރާ ދިމާކޮށް އަބަދުވެސް މަސްތުވާތަކެއްޗާއި، ބަނގުރާ ބޭނުންކޮށް، ވިއްކާ ވިޔަފާރި ކުރުން އިތުރުވާނެ ކަމަށް ބަލައި ފުލުހުންގެ އޮޕަރޭޝަންތައް ފަށަ އެވެ.