ތިންވަނަ ކުއާޓާގައި ގައުމީ އުފެއްދުންތެރިކަން 6.5 އިންސައްތަ އިތުރުވުމެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

މި އަހަރުގެ ތިންވަނަ ކުއާޓާގައި ދިވެހިރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 6.5 އިންސައްތަ އިން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ރިޕޯޓުކޮށްފި އެވެ.

އެމްއެމްއޭއިން ރިޕޯޓުކުރި ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓާގައި %7.7 އިން ޖީޑީޕީ އިތުރުވި ނަމަވެސް ދެވަނަ ކުއާޓާގައި އިގުތިސާދު މަޑުޖެހި ޖީޑީޕީ އިތުރުވުން %4.5 ގައި ހިފަހެއްޓުނު ކަމަށެވެ.

އަހަރުން އަހަރަަަށް ޖީޑީޕީ ކުރިއެރި މިންވަރު ދެވަނަ ކުއާޓާގައި މަޑުޖެހުމަށްފަހު ތިންވަނަ ކުއާޓާގައި ގައުމީ އުފެއްދުންތެރިކަން އަލުން އިތުރުވާން ފެށީ ތިންވަނަ ކުއާޓާގައި ކަަމަށްވެސް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ތިންވަނަ ކުއާޓާގައި ގައުމީ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއް ކުރީ ސަރުކާރުގެ ހިންގުމުގެ ދާއިރާއިން ކަމަށާއި، އެ ދާއިރާ ފުޅާވުމުގެ ސަބަބުން ގައުމީ އުފެއްދުންތެރިކަން އިތުރަށް ފުޅާވިއިރު، މުވާސަލާތާއި ދަތުރުފަތުރާއި ފަތުރުވެރިކަމުގެ އިތުރަށް އިމާރާތްކުރުމާއި ރިއަލް އެސްޓޭޓުގެ ދާއިރާވެސް ކުރިއަރާފައިވާކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެ އެވެ.

ތިންވަނަ ކުއާޓާގައި ނިމުނު އަހަރާ އަޅާބަލާއިރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ފާއިތުވި 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓާއަށްވުރެ %10 އިތުރުވެފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ. އެގޮތުން، ރިސޯޓު ބެޑްނައިޓްސް %10 އިތުރުވި ނަމަވެސް ގެސްޓުހައުސްތަކުގެ ބެޑްނައިޓްސްދިޔައީ ދަށަށެވެ.

ނިމުނު އަހަރުގެ ތިންވަނަ ކުއާޓާއާ ބަލާއިރު މި އަހަރުގެ ތިންވަނަ ކުއާޓާގައި އެވެރެޖުކޮށް ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި މުއްދަތު ކުޑަކޮށް އިތުރުވެފައިވެ އެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ފަތުރުވެރިން ރާއްޖޭގައި އެވެރެޖުކޮށް ހޭދަކުރީ 7.5 ދުވަހެވެ. މި އަހަރު 7.7 ދުވަސް ހޭދަކުރިކަމަށް ރެކޯޑުކުރެވިފައިވެ އެވެ.

އެމްއެމްއޭ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ