މޯލްޑިވްސް ޒަކާތު ހައުސް އިން ފޯރުކޮށްދިން ފައިސާގެ އެހީތެރިކަމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ފެން ފޯރުކޮށްދީފި އެވެ.
ގަތަރު ރެޑް ކްރެސެންޓުން ބުނި ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް އިން ފޯރުކޮށްދިން ފައިސާގެ އެހީތެރިކަމާއެކު ގާޒާއަށް ފެން ފޯރުކޮށްދިނުމުގެ ޕްރޮޖެކްޓެއް ކުރިޔަށް ގެންގޮސްފައިވާ ކަަމަށެވެ.
އެ ގޮތުން 6،000 ކޭހުގެ ފެން ވަނީ އަލް ޝިފާ އަދި އަލް ހަޔާތު ހޮސްޕިޓަލުގައި ތިބި ބަލި މީހުންނާއި ޒަހަމްވެފައިވާ މީހުންނަށް ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން ގަތަރު ރެޑް ކްރެސެންޓުން ބުނެފައި ވަނީ، ރާއްޖޭގެ ޒަކާތު ފަންޑުގެ އެހީގައި 50،000 ކޭސް ފެން ބެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، ރާއްޖޭގެ ޒަކާތު ފަންޑުން ފަލަސްތީނުގެ ރައްޔިތުންނަށް އެއްލައްކަ ޑޮލަރު ހަދިޔާކުރަން ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.
ރާއްޖެ - ފަލަސްތީން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް މޯލްޑިވްސް ޒަކާތު ހައުސް