ޖެނިފާއަށް ބައިލައްކައަށްވުރެ ބޮޑު ބަދަލަކާއި، ވަޒީފާ ދިނުން ހައިކޯޓުން ހުއްޓުވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އައިޝަތު ޖެނިފާއަށް ބައިލައްކައަށްވުރެ ބޮޑު ބަދަލެއް ދިނުމަށާއި އަލުން ވަޒީފާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި އަމުރު ތަންފީޒުކުރުން ހައިކޯޓުން މަޑުޖައްސުވައިފި އެވެ.

ޖެނިފާ އައިއޭއެސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކޮށްފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ. ނަމަވެސް، ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައުމާއެކު، 2023 ވަނަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހު ބޭއްވުނު ކުންފުނީގެ ބޯޑު ބައްދަލުވުމުގައި ޖެނިފާ ވަޒީފާއިން ވަކިކުރަން ނިންމައި، ޖެނުއަރީ 3 ވަނަ ދުވަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވެ އެވެ.

ޖެނިފާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އޭނާގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި އެވެ. ޓްރައިބިއުނަލުން ނިންމީ ޖެނިފާއަށް 57,171 ރުފިޔާގެ ބަދަލެއް ދިނުމަށާއި، އަލުން ވަޒީފާ ދިނުމަށެވެ.

ނަމަވެސް، މޯލްޑިވިއަން، ހިންގާ އައިލެންޑް އޭވިއޭޝަނުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމާ ގުޅިގެން، އިއްޔެ ހައިކޯޓުން ނިންމީ އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ބަދަލު ދިނުމާއި ޖެނިފާއަށް އަލުން ވަޒީފާ ދިނުން މަޑުޖައްސާލުމަށެވެ.

މި މައްސަލައިގައި ޖެނިފާ ވަކާލާތުކުރަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ޓްރައިބިއުނަލުން މައްސަލަ ނިންމުމާ ހަމައަށް ހޭދަވި މުއްދަތުގެ މުސާރައާއި އިނާޔަތްތައް ލިބެންޖެހޭ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ލިބުނު މާލީ ގެއްލުމުގެ ބަދަލާއި ގާނޫނީ ޚަރަދުތައްވެސް ލިބެންޖެހޭ ކަމަށް އޭނާ ބުނެ އެވެ.

ހައި ކޯޓު އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އައިޝަތު ޖެނިފާ މޯލްޑިވިއަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ