އެހެން ދީންތަކުގެ ޝިއާރު ފާޅުކުރުމަކީ މަނާކަމެއްކަން އިސްލާމިކް މިނިސްޓްރީއިން ހަނދާން ކޮށްދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފާޅުކުރުމާއި، ހަރަކާތްތައް ހިންގުމަކީ މަނާކަމެއްކަން އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.

މިކަން އިސްލާމިކް މިނިސްޓްރީއިން ހަންދާން ކޮށްދީފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވައި ހުރިހާ ރަށެއްގެ ކައުންސިލަށް ފޮނުވި ސާކިއުލާއެއްގަ އެވެ.

އެ ސާކިއުލާގައި ވިދާޅުވެފައި ވަނީ، އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކުންނާއި ޓޫރިސްޓުން ގެންނަ ފަރާތްތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ މީހުންނަށް އިރުޝާދު ދޭން ވާނެ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގައިވާ ގޮތަށް ބިދޭސީންނާއި ޓޫރިސްޓުންނަށް އިރުޝާދު ދިނުމަކީ އެ މީހުން ރާއްޖެ ގެންނަ ފަރާތްތަތަކުގެ ޒިންމާއެއްކަމަށްވެސް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފަ އެވެ.

އެ ގަވާއިދުގައި ބުނާ ގޮތުން، ރާއްޖޭގައި އުޅޭ ޣައިރު މުސްލިމުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑުގޮތެއްގައި އެ މީހުންގެ ދީނީ ޝިއާރުތައް ފާޅުކުރުމާއި އާންމު ތަންތަނުގައި ޖަމާއަތް ހަދައިގެން އެ ކަހަލަ ދީނީ ހަރަކާތެއް ހިންގުން އަދި އެ މީހުންގެ އެ ކަހަލަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ.

ކްރިސްޓިއަނުން ފާހަގަކުރާ ކްރިސްމަސް ދުވަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް، ބައެއް އާންމު ތަންތަނުގައި ކްރިސްމަސް ޑެކަރޭޝަންތައް ކުރާ މައްސަލަ ރާއްޖޭގައި ފެންމަތިވެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ