ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލޯނެއް ނަގާނަމަ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަށް އެ މިނިސްޓްރީން އެސްއޯއީ ތަކަށް އަންގައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ، ފިނޭންސް މިނިސްޓްރީން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފޮނުވި ލިޔުމުގަ އެވެ.
އެ ލިޔުމުގައި ބުނެފައި ވަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެއްވެސް ކުންފުންޏަކުން އެއްވެސް ލޯނެއް ނަގަން ޖެހިއްޖެ ނަމަ އެ މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ.
ކުންފުނީގެ ފަރާތުން އިތުރު ކުންފުންޏަކަށް ނުވަތަ އިތުރު ފަރާތަކަށް ލޯނު، ނުވަތަ އަނބުރާ ދައްކާ ގޮތަށް އެއްވެސް ފައިސާއެއް ދޫކުރާ ކަމުގައިވާ ނަމަވެސް، މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދަން ޖެހޭނެ ކަމަށްވެސް އެ ލިޔުމުގައި ބުނެފައިވެ އެވެ.
އެލިޔޔުމުގައި ބުނެފައިވަނީ، އެއްވެސް އެސްއޯއީއަކުން އެއްވެސް މަޝްރޫއެއް ކުރިއަށް ގެންދާނަމަ، އެ މަޝްރޫއެއްގެ ފީސިބިލިޓީ ރިޕޯޓާއެކު މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް ކުރިއަށް ނުގެންދިއުމަށް އަންގާފަ އެވެ.