ހުޅުމާލޭގައި ހަދަމުން އަންނަ އިމާރާތަކުން ޕެންޓްހައުސްއެއް ބައްލަވައިގަންނަން އުޅުއްވާކަމަށް ދެކެވޭ ވާހަކަ ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ދޮގުކުރައްވައިފި އެވެ.
އެކްސްގައި މީހަކު ކުރި ޓްވީޓެއްގައި ވަނީ ހުޅުމާލޭގައި ގުލަޓުން ހަދަމުން ދި ކުރީކު ރެޒިޑެންސުން 4،250 އަކަފޫޓުގެ ޕެންޓްހައުސްއެއް ފަހުމީ ގަންނަން އުޅޭ ވާހަކައެއް ދައްކަމުންދާ ކަމަށެވެ. އަދި އެ ޕެންޓްހައުސްއަށް ބަހާލައިގެން ފައިސާ ދެއްކެން އޮތްނަމަވެސް ފަހުމީ އެތަނަށް ރުފިޔާ ދައްކަން ނިންމާފައިވަނީ އެއްފަހަރާކަމަށް ހަބަރު ލިބޭކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ. އެ ޕޯސްޓުގައި ފަހުމީ ޓެގްކޮށްފައިވެސްވެ އެވެ.
އެ ޕޯސްޓަށް ރައްދުދެއްވަމުން ފަހުމީ ވިދާޅުވީ މިއީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ. އަދި މީގެ އިތުރުން އޭނާވެސް އަދި އޭނާގެ އާއިލާ މީހެއްވެސް އެޕާޓްމެންޓެއް ގަނެފައި ނުވާނެކަމަށް ފަހުމީ ވިދާޅުވި އެވެ.