ޗައިނާއިން ލ. ފޮނަދޫއަށް މަގު ކުނިކަހާ ވެހިކަލެއް

Advertisement

އެންމެ ފަސް

Advertisement

ޗައިނާ ސަރުކާރުން ލ. ފުނަދޫއަށް މަގު ކުނިކަހާ ވެހިކަލެއް ހަދިޔާކޮށްފި އެވެ.

މި ވެހިކަލް ހަދިޔާކޮށްފައިވަނީ ޔުނާން ހޭންޑިން ހޭންޑް ޕްރޮގްރާމްގެ ދަށުންނެވެ.

މިއަދު ހެނދުނު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް (އެމްސީއެލްޕީ) އިން ވަނީ ލ. ފޮނަދޫ ކައުންސިލާ މި މެޝިން ހަވާލުކޮށްފަ އެވެ.

ޖަވިޔަނަ ނޫހަށް މަޢުލޫމާތު ދެއްވަމުން ލޯކަލް ގަވަރމަންޓްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ލ. ފޮނަދޫއަށް ހަދިޔާކޮށްފައިވަނީ އެންމެ ވެހިކަލެއް ކަމަށެވެ. އަދި މި ފުރުޞަތުގައި ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

މި މެޝިން ހަދިޔާކުރުމުގެ މައިގަނޑު މަޤްޞަދަކީ ލ. ފޮނަދޫގެ މަގުތައް ސާފުކޮށް ބެލެހެއްޓުމާއި، ރަށުގެ ތިމާވެށި ރައްކާތެރިކުރުމެވެ. މީގެ ސަބަބުން ރަށުގެ ސާފުތާހިރުކަން އިތުރުވެ، ރައްޔިތުންނަށް އުޅެން ފަސޭހަ، ދުޅަހެޔޮ މާޙައުލެއް ޤާއިމުވެގެންދާނެ އެވެ.

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ