ރޭގެ ޖަލްސާއަށް ފަހު ނިހާދު ސަސްޕެންޑްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ހަރުގެ ޖަލްސާއަށް ފަހު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު ސަސްޕެންޑްކޮށްފި އެވެ.

ނިހާދު ސަސްޕެންޑްކޮށްފައިވާކަން ޖަވިޔަނި ނޫހަށް ނިހާދު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ކޮންގްރެސް ޕާޓީގެ ރޭގެ ޖަލްސާގައި ނިހާދު ވަނީ ވަރަށް ފޯރިގަދަ ވާހަކަތަކެއް ދައްކަވާފަ އެވެ.

ރޭގެ ޖަލްސާގައި ނިހާދު ދެއްކެވި ވާހަކައަކާއި ގުޅިގެން ސޯޝަލް މީޑިއާގައި އަންނަނީ އޭނާއަށް ފާޑު ކިޔަމުންނެވެ. ނިހާދު ވަނީ އިދިކޮޅު އެމްޑީޕީން ރާއްޖޭގެ ފަތުރުވެރިކަމާ ދެކޮޅަށް ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވެފަ އެވެ.

ޖަވިޔަނި ނޫހަށް މައުލޫމާދެއްވަމުން ނިހާދު ވިދާޅުވީ ސަސްޕެންޝަން ނޯޓިސް ލިބިފައިވާ ކަމަށާއި ސަސްޕެންޑްކޮށްފައިވަނީ މައްސަލަ ބަލާ ނިމެންދެން ކަމަށެވެ. އަދި މި މައްސަލަ މިހާ ބޮޑުވެގެން ދިޔައީ އެމްޑީޕީން އޭނާގެ ވާހަކަތައް މާ ބޮޑަށް އޮޅޭ ގޮތަށް ދެއްކުމުންކަމަށް ނިހާދު ވިދާޅުވި އެވެ.

އަޅުގަނޑު ބުނީ ރިޒޯޓް ފުލްވެފައި އޮއްވާ ގަދަ ބާރުން އެ ރިޒޯޓަށް އެރުމަކީ އެފަދަ ކަމެކޭ. ދެން އެމްޑީޕީ މީހުން އެ ވާހަކަ މާ ބޮޑަށް ޓްވިސްޓްކޮށްލީ. ޓްވިސްޓްކޮށްލި ގޮތުންވެސް އިނގޭ ފަތުރުވެރިކަމާ ދެކޮޅަށް މަސައްކަތް ކުރަން އުޅޭ ވަރު.

ނިހާދު ވިދާޅުވީ އޭނާގެ ވާހަކަތައް އެމްޑީޕީ މީހުން އޮޅުވާލި ގޮތުންވެސް ފަތުރުވެރިކަމާ ދެކޮޅަށް އެމީހުން މަސައްކަތް ކުރާ ވަރު ދޭހަވާ ކަމަށެވެ.

ކޮންގްރެސް ޕާޓީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ