އީއޭއައި ފުރިހަމަނުކޮށް އޮޅުވެލި ރިސޯޓު ތަރައްގީކުރަން ފެށުމުން ޖޫރިމަނާކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް އީއައިއޭގެ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައި ކުރިޔަށް ގެންދިޔުމާ ގުޅިގެން އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ރިސޯޓު ޖޫރިމަނާކޮށްފި އެވެ.

މިކަމާއި ގުޅިގެން އީޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ މަރުޙަލާތައް ފުރިހަމަ ކުރުމަކާ ނުލައި އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އިން ކ. އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތްތައް ފަށާފައިވާކަން ސަމާލުކަމަށް އައުމާއި ގުޅިގެން އެމައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

އީޕީއޭއިން ބުނީ، ކ. އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް އީޕީއޭ އިން ތަންފީޒުކުރަމުންގެންދާ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކުރިޔަށް ގެންގޮސްފައިވާކަން ލިޔެކިޔުންތަކުންނާއި ބެލިބެލުންތަކުންވެސް ސާބިތުވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދު ގެ 20 ވަނަ ދަށުން އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވިފައިވާކަން 11 ޑިސެމްބަރ 2024 ގައި އެންގުމުން، އެ ކުންފުނިން ޖޫރިމަނާއަށްވާ ފައިސާ 18 ޑިސެމްބަރ 2024 ގައި ދައްކާފައިވާ ކަމަށްވެސް އީޕީއޭއިން ބުނެފައިވެ އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ