މިއަދުގެ ރީތި ތާރީހުގައި ފެމިލީ ކޯޓުން 52 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކޯޓުން ބުނެފި އެވެ.
24-12-24 އަކީ މިއަހަރުގައި އަންނާނެ އެންމެ ރީތި އެއް ތާރީހެވެ.
ފެމިލީ ކޯޓުން މިއަދު ބުނެފައިވަނީ، އެ ކޯޓުގައި މިއަދު ރަސްމީގަޑީގައި 16 ކައިވެނި އަދި ނުރަސްމީގަޑީގައި 36 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިއަދު ފެމިލީ ކޯޓުން ޖުމުލަ 52 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ކޮންމެ އަހަރަކުވެސް ރީތި ތާރީހުތަކާ ދިމާކޮށް ފެމިލީ ކޯޓުގައި ގިނަ ކައިވެނިތަކެއް ކޮށްދެ އެވެ.
ފެމިލީ ކޯޓުގެ މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ ކޯޓުން 192 ކައިވެނި މިދިޔަ މަހު ކޮށްދީފައިވާއިރު 95 ވަރިއެއްވެސް ކޮށްދީފައިވެ އެވެ.