ނޭޕާލް އަންހެނެއްގެ މަރު: ސްޕޮންސާ ކުރި ފަރާތުން ހަވާލެއް ނުވި، ޖިންސީ ގޯނާއެއް ކޮށްފައި ނެތް

Advertisement

Advertisement

އެންމެ ފަސް

Advertisement

ގަލޮޅު މޯޗަރީގައި ނޭޕާލް އަންހެނެއްގެ ހަށިގަނޑު ނޮވެމްބަރު 9 ވަނަ ދުވަހުން ފެށިގެން އޮތްކަމަށް ސޯޝަލް މީޑިއާގައި ދެކެވުންދާ ވާހަކަތަކުގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފި އެވެ.

ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އީއާރަށް ގެނައި ނޭޕާލަށް ނިސްބަތްވާ ކަންޗަލް ދުންގެލް (25އ) ނިޔާވެފައިވާ މައްސަލަ ނޮވެމްބަރު 9 ވަނަ ދުވަހުގެ ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ކަންޗަލް ހޮސްޕިޓަލަށް ގެންދެވުނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސަން ފެށުމުންކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުނެ އެވެ. އަދި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާގެ ހަބަރު ހުސްވިކަން ފާހަގަ ކުރެވުނު ކަމަށްވެސް ބުނެފައިވެ އެވެ.

މެޑިކޯ-ލީގަލް ރިޕޯޓުގައި ކަންޗަލްގެ ކޯޒް އޮފް ޑެތް (މަރުވި ސަބަބު) ’އަންނޯން‘ (ނޭނގޭ) ކަމަށް ވަނީ ބަޔާންކޮށްފައި.

ފުލުހުން ބުނީ އޭނާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި ކަންޗަލްއަކީ އެނީމިއާގެ މެޑިކަލް ހިސްޓޮރީއެއް އޮންނަ މީހެއްކަން އެނގިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކަންޗަލްގެ ހަށިގަނޑާ ސްޕޮންސާގެ ފަރާތުން ހަވާލުވެފައި ނުވާތީ އޭނާގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ބިދޭސީން އައިޖީއެމްއެޗް ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ