ފުލުހުން އެޗްޑީސީގެ އެމްޑީއާ ބައްދަލުކޮށް ތަހުގީގާ ގުޅޭ މަޝްވަރާތައްކޮށްފި

Advertisement

އެންމެ ފަސް

Advertisement

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އާ އެމްޑީ މުހައްމަދު މައުރޫފް ޖަމީލް ފުލުހުންނާ ބައްދަލުކޮށް ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެޗްޑީސީގެ އެމްޑީ މައުރޫފް، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އާ މިއަދު ބައްދަލުކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމަކީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ އަލަށް ހަވާލުވެވަޑައިގަތުމަށްފަހު ތައާރަފު ވުމުގެ ގޮތުން ބޭއްވެވި ބައްދަލުވުމެއް.

މި ބައްދަލުވުމުގައި ތައާރަފްވުމުގެ އިތުރުން މިހާރު ކުރިއަށްދާ، ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅޭ ތަހުގީގާ ބެހޭ ގޮތުންވެސް މަޝްވަރާކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދިވެހި ފުލުހުންގެ ޚިދުމަތް

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ