ފެނަކަ ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހް އައްޔަންކޮށްފި އެވެ.
ފެނަކައިގެ އެމްޑީކަމަށް ނަޖާހު އައްޔަން ކުރީ އެ މަގާމުގައި ކުރިން ހުންނެވި މުއާޒް މުހައްމަދު ރަޝީދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމަށް ހ.ޔެލޯރޯޒް 2، މޭޖަރ (ރިޓަޔަރޑް) މުހައްމަދު ނަޖާހު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ޕީސީބީން ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެމްޑީކަމުގެ މަގާމުގައި ހުންނެވި ގދ.މަޑަވެލި، ނެޕްޗޫން، މުޢާޒު މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ޤަބޫލުކޮށް މިއަދުން ފެށިގެން އެމަޤާމުން އޭނާ ވަނީ ވަކިކޮށްފައިވާކަންވެސް އިއުލާން ކޮށްފަ އެވެ.
ފެނަކަ ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)