ދިރުވާލައިގެން 1 ކިލޯގެ ޑްރަގްސް އެތެރެކުރި މީހާ އަދި ހަވާލުވާން ދިޔަ މީހާ ހައްޔަރުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހަކާއި އެއާ ހަވާލުވުމަށް ދިޔަ މީހަކު ހައްޔަރުކޮށް ބަންދު ކޮށްފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ބްރެޒިލްއަށް ނިސްބަތްވާ 44 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައިވަނީ، މީނާގެ ހަށިގަނޑުތެރޭގައި މަސްތުވާތަކެތި ރައްކާކޮށްގެން ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

މީނާގެ ބަންދު މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފުލުހުން ކޯޓުގައި ބުނެފައިވަނީ މީނާގެ ހަށިގަނޑުތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 107 ބުލެޓް ފެނިފައިވާ ކަމަށާއި އޭގެ ބަރުދަން 1 ކިލޯއަށްވުރެ ގިނަ ކަމަށެވެ. އަދި މީނާގެ ފަރާތުން ތަހުގީގަށް ދޭންޖެހޭ އެންމެހާ އެއްބާރުލުމެއް ދެމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

މީނާގެ ބަންދަށް ކްރިމިނަލް ކޯޓުން ދީފައިވަނީ 5 ދުވަހުގެ މުއްދަތެކެވެ. އެއީ، ދައުލަތުގެ ފަރާތުން އައްޔަނު ކޮށްދޭ ޤާނޫނީ ވަކީލަކު ބޭނުންވާކަމަށް މީނާ ބުނުމުންނެވެ.

މީގެއިތުރުން މި މައްސަލައިގައި ދެން ހައްޔަރުކޮށް ބަންދު ކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ކޯޓުގައި ބުނެފައިވަނީ، ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެއްޗާ ހަވާލުވުމަށް މީނާ އައިސްފައިވާ ކަމަށެވެ. އަދި މިއީ ރޭވިގެން ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެ އެވެ.

މީނާގެ ބަންދަށްވެސް ކޯޓުން ދީފައިވަނީ 5 ދުވަހުގެ މުއްދަތެވެ. އެއީ ވަކީލާއި މީނާއާ ބައްދަލުވެފައިނުވާ ކަމަށް ބުނުމުން އެ ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ކްރިމިނަލް ކޯޓު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ