ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ކޮންގްރެސް ޕާޓީން ބުނީ މި ޖަލްސާ އޮންނާނީ ކޮންގްރެސް ހައުސް، ހ. ވެޔޮވިލާގައި މިރޭ 8:45 ގައި ކަމަށެވެ.
ކޮންގްރެސް ޕާޓީގެ މި ޖަލްސާގައި ޕާޓީގެ އެންމެހާ މެމްބަރުން ބައިވެރިވުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ.
ކޮންގްރެސް ޕާޓީގެ ޖަލްސާއެއް މި ބާއްވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެ، އެކަމުގެ ތަހުގީގު ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ.