ސްޓެލްކޯ އިން 8340 ގަސް އިންދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ފަސް އަހަރުގެ ތެރޭގައި ފަސް ލައްކަ ގަސް އިިންދުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް އަށްހާއަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްޓެލްކޯއިން ހާމަކުރި މައުލޫމާތުގައިވާގޮތުން މިިހާތަނަށް އެ ކުންފުނިން ވަނީ 8340 (އަށްހާސް ތިންސަތޭކަ ސާޅީސް) ގަސް އިންދާފަ އެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްާތ ހުސެއިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަސް އަހަރު ތެރޭގައި ފަސް ލައްކަ (500،000) ގަސް އިންދުމުގެ އަމާޒު ހާސިލްކުރުމުގެ މަގުމަތީގައި ތިބީ ރަނގަޅަށް ހިސާބެއްގައި ކަމަށެވެ. އަދި ފަހުމީ ވަނީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިޒު އަށް ޝުކުރުވެސް އަދާކޮށްފަ އެވެ.

ތިޔަބޭފުޅުންގެ ވަޢުދުތަކުގެ ފުން މުހިންމުކަން އަޅުގަނޑުމެންނަށް އަބަދުވެސް ވަގުތުން ވިސްނިފައި ނުވެދާނެ ކަމުގައި ވިޔަސް، ކޮންމެ ވަޢުދުތަކަކީވެސް މިހާރުގެ ޖީލުތަކާއި އަންނަން އޮތް ޖީލުތަކުގެ ފައިދާއަށް ވިސްނުންތެރިކަމާއެކު ތައްޔާރުކޮށްފައިވާ ވަޢުދުތަކެއްކަން ސާފުވެއެވެ.

ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމްތައް ސަރުކާރުގެ ކުންފުނިތަކާއި ގުޅިގެން ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުން ނެވެ.

ފަސް މިލިއަން ގަސް އިންދުން ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ