ދަރަނީގެ ސަބަބުން ހަރަދުތައް ކުޑަކޮށްގެންވެސް ފެނަކަ ސަލާމަތެއް ނުވި: މުއާޒް

Advertisement

Advertisement

އެންމެ ފަސް

Advertisement

ފެނަކައިގެ ދަރަނީގެ ސަބަބުން ކުންފުނި ހިންގުމުގެ ހަރަދުތައް ކުޑަކޮށްގެންވެސް އެ ކުންފުނި ސަލާމަތް ނުކުރެވޭނެކަމަށް ފެނަކައިގެ އެމްޑީގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

މުއާޒް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޭނާ ފޮނުއްވި އިސްތިއުފާގެ ސިޓީގަ އެވެ.

މުއާޒް ވިދާޅުވީ ފާއިތުވި 1 އަހަރު ދުވަހުގެ ތެރޭގައި ކުންފުނީގެ ހަރަދު ކުޑަ ކުރުމަށް އެތަށް މަސައްކަތެއް ކުރެވުނު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާ ބަލާއިރު މިއަހަރުގެ އޮކްޓޫބަރު މަހު ހިންގުމުގެ ހަރަދުން 160 މިލިއަން ރުފިޔާ ސަލާމަތް ކުރެވުނު ކަމަށެވެ.

ކުންފުނީގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ވާހަކަ މަނިކުފާނުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ފެނަކައާ ހަވާލުވި އިރު 4.3 ބިލިއަން ރުފިޔާގެ ދަރަންޏެއް އޮތް ކަމަށާއި ކުންފުންޏަށް މުވައްޒަފުން ނަގާފައިވަނީ ބޭނުންވާ ވަރަށް ވުރެ އިތުރަށްކަމަށްވެސް މުއާޒްގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި ފެނަކަ ރައިޓް ސައިޒް ކުރުމަށް ކަމާ ބެހޭ އިދާރާތަކުގެ އެއްބާރު ލިބިފައި ނުވާ ކަމަށާއި ކުންފުނީގެ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދު އިންތިހާއަށް އިތުރުވެފައިވާކަމަށް މުއާޒް ވިދާޅުވި އެވެ.

ފެނަކައިގެ މާލީ ހާލަތުން އަރައިގަތުމަށްޓަކައި އެ ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންތައް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާ ހިއްސާ ކުރެވިފައިވާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް މިކަމުގައި އަލި މަގެއް ފެނިފައި ނުވާކަމަށް މުއާޒް ވިދާޅުވި އެވެ.

މުއާޒް ވަނީ ފާއިތުވި އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް ދިނުމުގައި ލަސްތަކެއް ދިމާވިކަމަށްވެސް ސިޓީގައި ވިދާޅުވެފަ އެވެ. އެގޮތުން މަސް ފެށުނު އިރުވެސް މުސާރަ ޖަމާކޮށްދެވިފައި ނުވާ ކަމަށާއި މިއީ ފަހުގެ ތާރީހެއްގައި ފެނަކައިގައި ހިނގާފައިވާކަމެއް ނޫންކަމަށްވެސް މުއާޒް ވިދާޅުވި އެވެ.

މުއާޒްގެ އިސްތިއުފާގެ ސިޓީގައި ވަނީ ފެނަކައަށާއި ރައީސް މުއިއްޒުގެ ސަރުކާރަށް ކާމިޔާބު ދުވަސްތަކަކަށް އެދިފަ އެވެ.

މުއާޒް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ވަޑައިގެން 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އޭނާ ވަނީ ފެނަކައިގެ ހަރަދު ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ފެނަކައަކީ އެންމެ ބޮޑު އެއް ދަރަންޏެއް އޮތް އެއް ކުންފުނި އެވެ. އެ ދަރަނި ކުޑަކުރުމަށް އައު ސަރުކާރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު، ފެނަކަ، އެސްޓީއޯގެ ސަބްސިޑަރީއަކަށް ހެދުމަށްވެސް ސަރުކާރުން މަސައްކަތްކުރި އެވެ. ނަމަވެސް އެ މަސައްކަތް ސަރުކާރުން އޮތީ ފަހުން ހުއްޓާލާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ފިނޭންސް ފެނަކަ ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ