ފެނަކައިގެ އެމްޑީގެ މަގާމުން މުއާޒް އިސްތިއުފާ ދެއްވައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފި އެވެ.

މުއާޒްވަނީ އޭނާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުވާފަ އެވެ. އަދި އެ ސިޓީ ވަނީ އޭނާގެ އެކްސް އެކައުންޓްގައި ޕޯސްޓްކޮށްފަ އެވެ.

މުއާޒްގެ ސިޓީގައި އޭނާ އިސްތިއުފާ ދެއްވާ ސަބަބެއްކަމުގައި ވިދާޅުވެފައިވަނީ ފެނަކައަށް ލިބޭ އާމްދަނީއަށް ވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ފެނަކައިގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ އާއި ފެނަކައިގެ އެމްޑީގެ މަގާމުގައި އޭނާ ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭ އަލިމަގެއް ފެންނަން ނެތުމުން ކަމަށެވެ.

މި ސިޓީގައި މުއާޒް ވަނީ ފެނަކައާ ހަވާލުވި އިރު އެ ކުންފުނީގެ ދަރަނި އޮތީ 4.3 ބިލިއަން ރުފިޔާގައިކަމަށް ވިދާޅުވެފަ އެވެ. އަދި ފާއިތުވި ދެ މަހު މުވައްޒަފުންގެ މުސާރަ މަހުގެ 1 ވަނަ ދުވަހުވެސް ދެވިފައި ނުވާކަން މުއާޒް ފާހަގަ ކުރެއްވި އެވެ.

މުއާޒް ވަނީ ފެނަކައަށާއި ރައީސް މުއިއްޒުގެ ސަރުކާރަށް ކާމިޔާބު ދުވަސްތަކަކަށް އެދިފަ އެވެ.

މުއާޒް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ވަޑައިގެން 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އޭނާ ވަނީ ފެނަކައިގެ ހަރަދު ކުޑަކޮށް، ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.

އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ފެނަކައަކީ އެންމެ ބޮޑު އެއް ދަރަންޏެއް އޮތް އެއް ކުންފުނި އެވެ. އެ ދަރަނި ކުޑަކުރުމަށް އައު ސަރުކާރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު، ފެނަކަ، އެސްޓީއޯގެ ސަބްސިޑަރީއަކަށް ހެދުމަށްވެސް ސަރުކާރުން މަސައްކަތްކުރި އެވެ. ނަމަވެސް އެ މަސައްކަތް ސަރުކާރުން އޮތީ ފަހުން ހުއްޓާލާފަ އެވެ.

ފެނަކަ ފެނަކަ އެމްޑީ މުއާޒް މުހައްމަދު ރަޝީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ