މ. މުލީ އެއާޕޯޓަށް އަންނަ އަހަރުގެ މާޗް މަހު ޓެސްޓް ފްލައިޓް ޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން ބުނެފި އެވެ.
މިކަން ހާމަކޮށްފައި ވަނީ، ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން އެވެ.
މުބީން ވިދާޅުވީ މުލީ އެއާޕޯޓްގެ މަސައްކަތް ނިންމައި މާޗް ފުރަތަމަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެއާޕޯޓް ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަށް ކަމަށެވެ.
އެއާޕޯޓަށް ބޭނުންވާ ވެހިކަލާއި މެޝިނަރީ ހޯދުމުގެ އިތުރުން އޮފީސް ބައިގެ މަސައްކަތް ނިންމުމާއި އަލިފާން ނިއްވުމަށް މީހުން ނަގައި ތަމްރީންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މުބީން ވިދާޅުވި އެވެ.
މުލީ އެއާޕޯޓުގެ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރު އެވެ. އަދި މި އެއާޕޯޓަކީ 1،200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއެކު ތަރައްގީކުރާ އެއާޕޯޓެކެވެ.
ރީޖަނަލް އެއާޕޯޓްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ރީޖަނަލް އެއާޕޯޓްސް ކޮމްޕަނީ ލިމިޓެޑް (އާރްއޭސީއެލް) މ. މުލި