އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށް ނޫން: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރުގެ މަޤާމުތަކަށް މީހުން ޢައްޔަން ކުރައްވަނީ ވައްކަން ކުރުމަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ސަންގުޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުންނެވެ.

އެޗްޑީސީގެ ޚިޔާނާތާ ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މަޤާމުތަކަށް މީހުން ޢައްޔަން ކުރައްވަނީ ކޮރަޕްޝަން ހިންގުމަށް ނޫން ކަމަށާއި، ގަވާއިދާ ޚިލާފު ކަމެއް ކުރުމަށްވެސް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، މަގާމުތަކަށް މީހުން އައްޔަން ކުރަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

”އެކަމަށް ހުރަސް އެޅޭ ގޮތަށް ކަމެއް ކުރާކަމަށް ޤަބޫލު ކުރެވޭނަމަ އަޅުގަނޑު އެމީހަކު އެތަނުން ދުރުކުރާނަން. ނޫނިއްޔާ އެކަން ހުއްޓުވާނަން،“

މީގެ އިތުރުން، ރައީސް މުޢިއްޒު ވިދާޅުވީ މި ސަރުކާރުގައި ކޮރަޕްޝަނަށް އެއްވެސް ވަރަކަށް ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި މިނިސްޓްރީއެއް، ކުންފުންޏެއް ނުވަތަ މުއައްސަސާއެއްގައި ވިޔަސް، ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އާއި އެހެނިހެން ކަމާބެހޭ އިދާރާތަކުން އެފަދަ މައްސަލަތައް ބަލައި، ފިޔަވަޅު އެޅުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެޗްޑީސީގެ ހިޔާނާތުގެ މައްސަލަ ފެންމަތިވުމުން އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ފިޔަވާ އެހެން ހުރިހާ މެންބަރުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެ މީހުންނަށް ރާއްޖެއިން ބޭރަށް ނުފުރޭގޮތަށް ޕާސްޕޯޓް މިހާރު ވަނީ ހިފަހައްޓާފަ އެވެ. ސަސްޕެންޑް ކުރެއްވުމުން އެޗްޑީސީގެ އެމްޑީގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ