ހަތް މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަން ކޮށްފި އެވެ.
މިކަން ހާމަކޮށްފައި ވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، އެ ކޯޓުތަކަށް ފަނޑިޔާރުންގެ ގޮތުގައި އައްޔަން ކުރާނެ މީހުން ކަނޑައަޅާފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވުނު އެ ކޮމިޝަންގެ 65 ވަނަ ބައްދަލުވުމުގައި ކަމަށެވެ.
ފަނޑިޔާރުން އައްޔަން ކޮށްފައިވާ ކޯޓުތަކާއި، ފަނޑިޔާރުން:
- ކ. މާފުށި މެޖިސްޓްރޭޓް ކޯޓު
ކ.މާފުށި، ޝާހީ، ޝިފްނާ އަހުމަދު ސާދިގު
- ލ. މާވަށު މެޖިސްޓްރޭޓް ކޯޓް
ލ. ގަން، މަތިމަރަދޫ، ފަޒާ، އަހުމަދު ޝާފީ
- ހއ. ބާރަށު މެޖިސްޓްރޭޓް ކޯޓް
ހއ. ބާރަށު، ރޭސަމް، އަބްދުﷲ ޖައިލަމް
- ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓް
ބ. ކެންދޫ، ސައްކެޔޮގެ، ޖިނާން އަބްދުﷲ
- ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓު
ފ. ދަރަނބޫދޫ، ރޯޝަނީގެ، އަލީ އިސްމާއީލް
- ކ. ކާށިދޫ މެޖިސްޓްރޭޓް ކޯޓު
ފ. ދަރަނބޫދޫ، ރޯޝަނީގެ، އަލީ އިސްމާއީލް
- ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓް
ގދ. ގައްދޫ، ޔެލޯސީ، އަހުމަދު އަވްފު އަބްދުއްސަމަދު