ކުރީ ސަރުކާރުން ދިން ބަދަލުތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީ އަންގައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ސެޓެލްމަންޓް އެއްބަސްވުން ހަދައިގެން ދައުލަތުން ބަދަލުދިން މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)އިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ދަންނަވައިފި އެވެ.

17 ނޮވެންބަރު 2018 އިން ފެށިގެން 17 ނޮވެންބަރު 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގުމަށް ޕީޖީ އޮފީހުން އޭސީސީގައި ދަންނަވާފައިވަނީ 17 ޑިސެންބަރު 2024 ގަ އެވެ.

ޕީޖީ އޮފީހުން މިއަދު ބުނެފައިވަނީ މާލިއްޔަތު ކޮމިޓީގެ ރިޕޯޓް ލިބިފައިވާ ކަމަށާއި، އެ ރިޕޯޓުގައި، ދައުލަތުގެ އިސް މަގާމުތަކެއް އަދާކުރައްވާފައިވާ ބައެއްގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އެ ތަކެތީގެ ހައްގުވެރިން ފިޔަވައި އެހެން ފަރާތްތަކަށް ލިއްބައިދީ، އަދި ލިއްބައިދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ހިލާފަށް، އަދި ދައުލަތަށް ގެއްލުންލިބޭ ގޮތަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.

މި ޖިނާއީ ތަހުގީގު ހިންގުމަށް އޭސީސީއަށް ހަވާލުކޮށްފައިވަނީ މި ކަންކަމަކީ އޭސީސީއަށް ތަހުގީގުކުރުމުގެ ބާރު ލިބިފައިވާ ކަންތައްތަކެއްކަމަށް ފެންނާތީ ކަމަށްވެސް ޕީޖި އޮފީހުން ބުނެފައިވެ އެވެ. އަދި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން މަޝްވަރާކުރަމުން ގެންދިއުމަށް އޭސީސީގައި ދަންނަވާފައިވާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވަނީ ކުރީ ސަރުކާރުން ސޮއިކޮށްފައިވާ ސެޓެލްމަންޓް އެއްބަސްވުންތަކަކީ އުފެދުމުގައިވެސް ބާތިލު އެއްބަސްވުންތަކެއް ކަމުގައި ފެންނަ ކަމަށެވެ. އަދި އެ އެއްބަސްވުންތައް ބާތިލު ކުރެއްވުމަށް ޤާނޫނީގޮތުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރެއްވުމަށާއި އެފަދައިން ބަދަލުގެ ގޮތުގައި ދެއްވާފައިވާ ބަދަލެއްވާނަމަ ބަދަލުގެ ގޮތުގައި ދެއްވާފައިވާ އެއްޗެއް އަނބުރާ ދައުލަތަށް ހޯއްދެވުމަށް އެޓާނީ ޖެނެރަލަށާއި ކަމާގުޅުންހުރި އިދާރާތަކަށް ދެއްނެވުމަށްވެސް ފާސްކޮށްފައިވެ އެވެ.

ޖިނާއީ ތަހުގީގެއް ހިންގަމުން ކޮމިޓީން ނިންމާ މަޖިލީހުން ފާސްކޮށްފައިވަނީ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ މައްޗަށެވެ. މަޖިލީހުން ފާސްކޮށްފައިވަނީ މި ތިން ބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރެއްވުމަށާއި، ދައުވާ ކުރެވޭވަރަށް ހެކި ލިބިއްޖެނަމަ ދައުވާކޮށްދެއްވަމުން އެދި ޕްރޮސިކިއުޓާ ޖެނެރަލްއަށް ދެންނެވުމަށެވެ.

މީގެއިތުރުން މިފަހުން ބަންޑާރަނައިބުގެ އޮފީހުން ވަނީ ކުރީ ސަރުކާރު ބަދަލުދިނުމަށް ހަދާފައިވާ 9 ސެޓެލްމަންޓް އެއްބަސްވުމެއްވެސް ބާތިލުކޮށްފަ އެވެ.

ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީސް (ޕީޖީ އޮފީސް)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ