ކައުންސިލްތަކުން ރައްޔިތުންނަށް ދޭ މުނިސިޕަލް ހިދުމަތްތަކަށް ގެންނަ ސާމާނުން ޑިއުޓީ މާފުކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ، ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ދައުލަތުގެ މީޑިއާއައް ދެއްވި އިންޓަވިއުއެއްގަ އެވެ.
މިނިސްޓަރ ވިދާޅުވެފައި ވަނީ، ކައުންސިލްތަކުން ގެންނަ އާލާތްތަކާއި މެޝިނަރީތަކުން ނަގާ ޑިއުޓީ މާފުކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި ގެސްޓް ހައުސްތަކުން ނަގާ ޓެކްސްގެ ބައެއް ކައުންސިލްތަކަށް ދިނުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިކަން ހާސިލްކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާ ގުޅިގެން ކުރިއަށްދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވެފައި ވަނީ، ގެސްޓް ހައުސްތަކުން ނަގާ ޓެކްސްގެ ބައެއް ކައުންސިލްތަކަށް ދިނުމަށް މަސައްކަތް ކުރާނެ ކަމަށާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށެވެ.
މީގެ އިތުރުން، ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެ އެވެ.
މިނިސްޓަރު އާދަމް ޝަރީފް އުމަރު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް