މާލެ، ގަޅޮޅުގައި ހުންނަ ގެޔެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުނަށް މި މައުލޫމާތު ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 01:27 ހާއިރުގައި އެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރުގަ ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލް އިން ފުލުހުނަށް މައުލޫމާތުދެ އެވެ.
މަރުވެފައިވަނީ ގ. ބިއުޓީ ވިލާ، ދާވޫދް ޖިމްރީޒް އެވެ. އޭނާގެ އެމުރާކީ 45 އަހަރެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުނެވެ.