ޖަމިއްޔަތުއް ސަލަފުން އަލީ ރަމީޒް އިސްތިއުފާދެއްވިކަން ހާމަ ކުރައްވައިފި އެވެ.
މިކަން އަލީ ރަމީޒް ހާމަ ކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އަލީ ރަމީޒް ހުންނެވީ ސަލަފުގެ މާކެޓިން އޮފިސަރުގެ މަގާމުގަ އެވެ. މި ޖަމިއްޔާގެ ރައީސަކީ ޝައިހު އަބްދުﷲ ބިން މުހައްމަދު އިބްރާހިމް އެވެ.
ޖަމިއްޔަތުއް ސަލަފްއަކީ 2006 ވަނަ އަހަރުން ފެށިގެން ހޯމް މިނިސްޓްރީގައި ރަޖިސްޓާކޮށްގެން ހިންގަމުން އަންނަ އެންޖީއޯ އެކެވެ.
އަލީ ރަމީޒް ދިވެހިންގެ ތެރޭގައި މަޝްހޫރު ވެގެން ދިޔައީ ލަވަ ކިޔުމުގެ ދާއިރާއިންނެވެ. ނަމަވެސް އަލީ ރަމީޒް އޭގެ ފަހުން ވަނީ ލަވަ ކިޔުމާ ދުރަށް ޖެހި ދީނީ ކަންކަމަށް އިސްކަން ދޭން ފަށާފަ އެވެ.