ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ފަޒުލްގެ އިސްތިއުފާގެ ސިޓީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މިއަދު ފޮނުއްވައިފަ އެވެ.
ފަޒުލް ފޮނުއްވި ސިޓީގައި ވަނީ އޭނާ އިސްތިއުފާ ދޭން ނިންމާފައިވަނީ ބިންވެރިޔާ ސްކީމާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަށް ފުރުސަތު ދިނުމަށާއި އެޗްޑީސީއާއި ސަރުކާރުގެ ސިޔާސަތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
މި ސިޓީގައި ފަޒުލް ވަނީ ރައީސް މުއިއްޒަށާއި ސަރުކާރަށް ކާމިޔާބު ދުވަސްތަކަކަށް އެދޭކަމަށްވެސް ވިދާޅުވެފަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިންވެރިޔާ ސްކީމް