ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ 9 މީހަކު އަތުލައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިމިގްރޭޝަންއާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި 9 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. މި އެންމެންނަކީވެސް ބޭރު މީހުންކަމަށް ފުލުހުން ބުނެ އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 7 ބިދޭސީ އަންހެނަކާއި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ 2 ބިދޭސީ ފިރިހެނެކެވެ. 7 އަންހެނުންގެ ތެރެއިން 6 މީހުންނަކީ ވިއެޓްނާމަށް ނިސްބަތްވާ 6 މީހުންނެވެ. ބާކީ އަންހެން މީހަކީ އުގަންޑާ އަންހެނެކެވެ. އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރި 2 ފިރިހެނުންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ 2 މީހުންނެވެ.

އިމިގްރޭޝަނުން ބުނީ މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު އެ މީހުން ރާއްޖެއަށް އަނބުރާ ނާދެވޭ ގޮތަށް ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މީގެ ތެރެއިން 3 އަންހެނުން މިހާރުވެސް ޑީޕޯޓްކޮށްލާފައިވާ ކަމަށާއި ބާކީ 6 މީހުން ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބާކީ 6 މީހުން މިވަގުތު ތިބީ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގަ އެވެ.

އިމިގްރޭޝަން ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ