ގަލޮޅު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު 5:02 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
މަރުވެފައި އޮއްވާ ފެނުނީ މާލެ، ގ. ފަރެސް ލައިޓް، އަލީ ރަޝިދު (35އ) ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.