އުރީދޫ ފަންރަން 2024 ބާއްވާއިފި

Advertisement

އެންމެ ފަސް

Advertisement

ކޮންމެ އަހަރަކުވެސް އުރީދޫއިން ބާއްވަމުން އަންނަ ފަންރަން މި އަހަރު 6،500 އަށް ވުރެން ގިނަ ބައިވެރިން އާއިއެކު އިއްޔެ ނިންމާލައިފި އެވެ.

އުރީދޫ ފަންރަން 2024 ޝަރަފްވެރިކޮށްދެއްވީ ނައިބް ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެވެ.

އުރީދޫގެ ސީއީއޯ ހާލުދު އަލް ހަމާދީ ވިދާޅުވީ އުރީދޫ ފަންރަންގައި މިހާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވުމުން އުފާވެރިކަން އިހުސާސް ކުރެވޭ ކަމަށެވެ.

މުޖުތަމައުގެ ފަރާތުން މިހާ ބޮޑު ބައިވެރިވުމަކާއި ހިތްވަރެއް ފެނުމުން ވަރަށް އުފާވޭ. ފަން ރަން އަކީ ހަމައެކަނި ދުވުމަކަށް ވުރެ މާ ބޮޑު ދުވުމެއް. މިއީ އުފާވެރިކަމާއި އެކުވެރިކަމާއި ހަރަކާތްތެރި ދިރިއުޅުމުގެ އުފަލެއް.

ހުޅުމާލޭގައި އިއްޔަ ބޭއްވުން އުރީދޫ ފަންރަންގެ ބޮޑު ކާމިޔާބީ އަށް ފަހު އުރީދޫ އިން ބުނެފައި ވަނީ އެމީހުންގެ ކުރިއަށް އޮތް ފަންރަން ފުވައްމުލަކުގައި ބާއްވާނެ ކަމަށެވެ.

ކުރިއަށް އޮތް ފަންރަންގެ ރަޖިސްޓްރީގެ ތަފްސީލާއި އަޕްޑޭޓްތައް އުރީދޫގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ހާމަކުރާނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައިވެ އެވެ.

އުރީދޫ އުރީދޫ ފަން ރަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ