ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަންނަވާ ގޮތައް ހަމަޖެހިއްޖެ އެވެ.
އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވާ ކަމަށް ހާމަކުރައްވާފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޕަބިތުރާ މާގެރިޓާ އެވެ. އަދި މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާ އަބްދުއްރަހީމް ހަވާލުވެވަޑައިގަތް ފަހުން އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުއެވެ.
އޭނާ ވިދާޅުވިގޮތުގައި މަޖިލިސް ރައީސް އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވާނީ އަންނަ އަހަރުގެ ފެބަރުައަރީ މަހުގެ 10 އަކުން 14 ވަނަ ދުވަހަށެވެ.
މިދަތުރުފުޅަކީ އިންޑިއާ އިން އަވަށްޓެރި ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ އެކު ގުޅުން ބަދަހިކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ކުރައްވާ ދަތުރެކެވެ.
ރާއްޖެ - އިންޑިއާ އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް