ބޯކޮށް ވާރޭ ވެހި މާލެ މަގުތައް ފެންބޮޑު ވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތައް ފެންބޮޑުވެ ގެ ތަކަށް ފެންވަންނަން ފަށައިފި އެވެ.

ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާރ އެންޑް ރެސްކިއު އިން ދަނީ މާލޭގެ ފަސް ސަރަހައްދެއްގައި 16 ޕަމްޕު ބަހައްޓައި ފެން ހިނދުމުގެ މަސައްކަތް ބާރައް ކުރަމުންނެވެ. ޕަންޕު ބަހައްޓާފައިވާ ސަރަހައްދު ތަކަކީ، ވެސްޓްޕާކު ސަރަހައްދު، އައިޖީއެމްއެޗް ސަރަހައްދު، ވިލިނގިލީ ފެރީ ޓަރމިނަލް ސަރަހައްދު، ދިރާގު ސަރަހައްދު، އަދި ޖެލީ ޕިއްޒާ ސަރަހައްދު ހިމެނޭ އެވެ.

ފެންބޮޑުވުމުގެ ސަބަބުން މިއަދު ހެނދުނު އެމްއެންޑީއެފް އިން ވަނީ މާލޭގެ ގެތަކަށް ފެން ވަންނާތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ވެސް  ފަށައިފައިވާ ކަމަށް ބުނެފަ އެވެ.

ގޭބިސީތަކަށް ފެންވަންނަމުންދާތީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެލިބަސްތާ ޖެހުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މުޅި ރާއްޖެ އަށް ހުދު ސަމާލު ނެރެފަ އެވެ.

ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް، ހެނދުނު 09:00 އިން މެންދުރު ފަސް 15:00 އާ ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިތުރަށް ލަފާކުރައްވާ ގޮތުގައި ބޯކޮށް ވާރޭވެހުމާއި ގުގުރުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިއްސާރައިގެ ތެރޭގައި ވައިގެ ބާރުމިން ގަޑިއަކު 45 މޭލަށް އަރައި، ކަނޑު ގަދަވެދާނެ ކަމަށްވެސް ލަފާކުރެވެ އެވެ.

މި ހާލަތާ ގުޅިގެން، މަގުތަކުގައި ދުއްވާ އުޅަންދުތަކާއި، ކަނޑުދަތުރުފަތުރުކުރާ އެންމެހައި ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ބެހެއްޓުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.

އެމްއެންޑީއެފް މޫސުމާ ބެހޭ ގައުމީ އިދާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ