މުޅި ރާއްޖެ އަށް ބޯކޮށް ވިއްސާރަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފި އެވެ.
ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް، ހެނދުނު 09:00 އިން މެންދުރު ފަސް 15:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިތުރަށް ލަފާކުރައްވާ ގޮތުގައި ބޯކޮށް ވާރޭވެހުމާއި ގުގުރުމުގެ ފުރުޞަތު އޮތްކަމަށް ބެލެވެއެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިއްސާރައިގެ ތެރޭގައި ވައިގެ ބާރުމިން ގަޑިއަކު 45 މޭލަށް އަރައި، ކަނޑު ގަދަވެދާނެ ކަމަށްވެސް ލަފާކުރެވެ އެވެ.
މި ހާލަތާ ގުޅިގެން، ކަނޑުދަތުރުފަތުރުކުރާ އެންމެހައި ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ބެހެއްޓުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.