އިސްލާމިކް ޑިޖިޓަލް އެސެޓް ސެންޓަރެއް ގާއިމުކުރުމަށް ދިރާސާއެއް ހެދުމަށް ބޭނުންވާ ދިރާސާކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިޢުއުލާނުކޮށްފި އެވެ.
އެމްއެމްއޭ އިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މި ދިރާސް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް، ޑިސެމްބަރ 24 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މައުލޫމާތު ހޯދަން ޖެހޭނެ ކަމަށެވެ.
އިޢުލާނުގައި ބުނެފައިވާ ގޮތުގައި މި ދިރާސާ ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކުން ޑިސެމްބަރ 29 ވާ އާާދީއްތަ ދުވަހުގެ 11:00 އަށް އަންދާޒާ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ޑިޖިޓަލް އެސެޓްތަކާއި އިސްލާމިކް ފައިނޭންސަށް ޤައުމުތަކުގެ މެދުގައި ޝައުގުވެރިކަން އިތުރުވަމުންދާއިރު، މި ދާއިރާއިން ރާއްޖެއަަށް ކުރިއެރުންތައް ގެނެސް، ސަރަހައްދީ ހަބަކަށް ހެދުމަކީ އަމާޒެކެވެ.
ޑިޖިޓަލް އެސެޓް ސެންޓަރެއް ޤާއިމްކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ އާ އެއްގޮތް ހައްލުތައް ގެނެސް މާލީ ބައިވެރިވުން އިތުރުކުރުމާއި ބޭރުގެ އިންވެސްޓަރުންގެ ޝައުޤުވެރިކަން ސަރަޙައްދީ ގޮތުންނާއި ތަންފީޒީ ގޮތުން އިތުރުކުން ވެސް ހިމެނޭ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.